އެހެނިހެން މުޢުޖިޒާތްތައް

އަބްޠަޙުގައި ޞަޙާބީންނާއެކު ނަބިއްޔާ ﷺ އިށީނދެވަޑައިގެން އިންނަވަނިކޮށް…

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

އަބްޠަޙުގައި ޞަޙާބީންނާއެކު ނަބިއްޔާ ﷺ އިށީނދެވަޑައިގެން އިންނަވަނިކޮށް ގަދަފަދަ ވައިރޯޅިއެއްގެ ތެރެއިން ނުކުތް ބަނޫ ނަޖާޙު ޖިންނީންގެ ޢުރުފުޠާ (ޢަޠްރަފާ) ބިން ޝިމްރާޙު، ފެނާއި ވިނަބިމުގެ ސަބަބުން ޤައުމާއެކު އުފެދުނު ޚިލާފުގައި ޙުކުމްވެރިއަކަށް އެދުން؛ މޫނު ކަޝްފުކުރުއްވައި ޞަޙާބީންނަށް ދެއްކެވުމާއި، އަބޫބަކުރާއި ޢުމަރާއި ޢުޘްމާނަށް ވަޑައިނުގެންނެވުމުން ޢަލީގެފާނު ބިމުގެ ދަށުގައިވާ ޖިންނީންގެ ގާތަށް ފޮނުއްވުމާއި، ޢަލީގެފާނު އިސްލާމްދީނާއި ޖިޒުޔައާއި ޞުލްޙައަށް ދެކޮޅުހެދި ޖިންނީންނާ ހަނގުރާމަކުރައްވައި އެނބުރި ވަޑައިގަތުމެވެ (ސަލްމާނުގެ ރިވާޔަތް).

ތާރީޚީ ޙާލަތު

ތާރީޚު ޔަގީނެއް ނޫން

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

ޢަލީގެފާނާއެކު ދޮރުމަތީގައި ނަބިއްޔާ ﷺ އިށީނދެވަޑައިގެން އިންނަވަނިކޮށް…

ޢަލީގެފާނާއެކު ދޮރުމަތީގައި ނަބިއްޔާ ﷺ އިށީނދެވަޑައިގެން އިންނަވަނިކޮށް ސަލާމްދަންނަވައި ދިޔަ މުސްކުޅިޔަކީ އިބްލީސްކަން ޢަލީގެފާނަށް ޚަބަރުދެއްވުމާއި، ޢަލީގެފާނު ފަހަތްޕުޅުން ވަޑައިގެން އޭނާ ބިމަށް…

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

އަނދިރި ރޭތަކުގައި ކާފަދަރިކަލުން ޙަސަންގެފާނާއި ޙުސައިންގެފާނަށް ނަބިއްޔާ ﷺ…

އަނދިރި ރޭތަކުގައި ކާފަދަރިކަލުން ޙަސަންގެފާނާއި ޙުސައިންގެފާނަށް ނަބިއްޔާ ﷺ “އޭ އަބޫ މުޙައްމަދެވެ، އޭ އަބޫ ޢަބްދުﷲ އެވެ، ތިމަންކަލޭގެފާނުގެ އަރިހަށް އަންނާށެވެ” އޭ ގޮވާލައްވަމުން ޝަހާދަތް…

މައުޟޫޢު (ހަދައިގެން އުފައްދާފައިވާ)

އެހެނިހެން މުޢުޖިޒާތްތައް

ރަށުން ނުކުމެވަޑައިގަތުމުން ނަބިއްޔާ ﷺ ޤަތުލުކުރުމަށް ފަހަތްޕުޅުން ދިޔަ…

ރަށުން ނުކުމެވަޑައިގަތުމުން ނަބިއްޔާ ﷺ ޤަތުލުކުރުމަށް ފަހަތްޕުޅުން ދިޔަ މުނާފިޤުންނާއި ކާފަރުންގެ ހަށިގަނޑުތަކަށް ﷲ އުކުނު ފޮނުއްވުމާއި، އުކުނުތައް ކަރުތަކާ ހަމައަށް ފުރި ކައިބޮއި ނޫޅެވޭ ޙާލަތަށް…

މައުޟޫޢު (ހަދައިގެން އުފައްދާފައިވާ)