އެހެނިހެން މުޢުޖިޒާތްތައް

ހަނގުރާމައެއްގައި ދުޝްމަނުންނާ ބައްދަލުވުމުން ނަބިއްޔާ ﷺ “އޭ ޤިޔާމަތް ދުވަހުގެ…”

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

ހަނގުރާމައެއްގައި ދުޝްމަނުންނާ ބައްދަލުވުމުން ނަބިއްޔާ ﷺ “އޭ ޤިޔާމަތް ދުވަހުގެ ވެރިރަސްކަލާނގެއެވެ، ތިމަންމެން އަޅުކަންކުރަނީ ހަމައެކަނި އިބަﷲ އަށެވެ، އަދި އެހީއަށް އެދެނީ ހަމައެކަނި އިބަﷲ ގެ ޙަޟްރަތުންނެވެ” އޭ ދުޢާކުރެއްވުމާއި، ދުޝްމަނު ސިފައިން މަލާއިކަތުންގެ އަތްޕުޅުން ކުރިމަތިންނާއި ފަހަތުން ޖެހި ބިމަށް ވައްޓާލެވޭތަން އަބޫ ޠަލްޙާއަށް ފެނިވަޑައިގަތުމެވެ.

ތާރީޚީ ޙާލަތު

ތާރީޚު ޔަގީނެއް ނޫން (ޣަޒްވާއެއްގެ ތެރޭގައި)

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

ޞަޙާބީން ފޯރިމަރައިގެން ނަބިއްޔާ ﷺ ރައްކާތެރިކުރައްވަނިކޮށް ‘ﷲ ކަލޭގެފާނު…

ޞަޙާބީން ފޯރިމަރައިގެން ނަބިއްޔާ ﷺ ރައްކާތެރިކުރައްވަނިކޮށް ‘ﷲ ކަލޭގެފާނު މީސްތަކުންގެ ކިބައިން ރައްކާތެރިކުރައްވާނެތެވެ’ (މާއިދާ 67) އާޔަތް ބާވައިލެއްވުމުން ފޭލިގެއިން އިސްތަށިފުޅު ނެރުއްވައި…

ޞަޙީޙް (ޞައްޙަ)

އެހެނިހެން މުޢުޖިޒާތްތައް

ޚުޝޫޢުތެރިކަމާއެކު އިށީނދެވަޑައިގެން އިންނަވަނިކޮށް ނަބިއްޔާ ﷺ…

ޚުޝޫޢުތެރިކަމާއެކު އިށީނދެވަޑައިގެން އިންނަވަނިކޮށް ނަބިއްޔާ ﷺ ފެނިވަޑައިގަތުމުން ބިރުން ތުރުތުރުއަޅަން ފެށި ޤައިލާ ބިންތު މަޚްރަމާއަށް “އޭ މިސްކީނާއެވެ، ހިމޭންވާށެވެ” އޭ ޙަދީޘްކުރެއްވުމާއި، އެ…

ޟަޢީފް (ބަލިކަށި)