އެހެނިހެން މުޢުޖިޒާތްތައް

ނަބިއްޔާ ﷺ “މާދަމާ ޙަޟްރަމައުތުން ނުވަ މީހުން އަންނާނެތެވެ؛ ހަ މީހުން…”

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

ނަބިއްޔާ ﷺ “މާދަމާ ޙަޟްރަމައުތުން ނުވަ މީހުން އަންނާނެތެވެ؛ ހަ މީހުން މުސްލިމުންނަށް ވާނެތެވެ، ތިން މީހުން ނުވާނެތެވެ” އޭ ޚަބަރުދެއްވުން (ޢަލީގެފާނު ތަޞްދީޤުކުރެއްވުމުން އެކަލޭގެފާނަށް “އައްޞިއްދީޤުލް އަކްބަރު، ޔަޢުސޫބުލް މުއުމިނީން” އޭ ޙަދީޘްކުރެއްވުން)؛ ޖެހިގެން އައި ދުވަހު ހަމަ އެ ގޮތަށް ހިނގައި އީމާންނުވި ތިން މީހުންނަށް، އެކަކު އުޑުން ފައިބާ ހޮނަކުން، އެކަކު ހަރުފަ ވިހަލައިގެން މަރުވާނެ ކަމަށާއި އެކަކު ޖަމަލުތައް ހޯދަނިކޮށް ޤަތުލުކުރެވޭނެ ކަމަށް އެންގެވުމާއި، މުސްލިމުންނަށް ވީ ހަ މީހުން ފަހުން އައިސް “ތިން މީހުންވެސް ވިދާޅުވި ގޮތުން ނުނެއްޓުނެވެ” އޭ ބުނުމެވެ (ޢަލީގެފާނުގެ ރިވާޔަތް).

ތާރީޚީ ޙާލަތު

މަދީނާ ދައުރު، ތާރީޚު ޔަގީނެއް ނޫން (ވަފުދުތަކުގެ ދައުރު ކަމަށް ވެދާނެ)

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

“السام عليك” އޭ ކިޔަމުން ދިޔަ ޔަހޫދީއަކާމެދު ނަބިއްޔާ ﷺ “މީނާގެ ކަނދުރާގައި…”

“السام عليك” އޭ ކިޔަމުން ދިޔަ ޔަހޫދީއަކާމެދު ނަބިއްޔާ ﷺ “މީނާގެ ކަނދުރާގައި ކަޅު ހަރުފައެއް ވިހަލައި މަރާލާނެތެވެ” އޭ ޙަދީޘްކުރެއްވުން؛ ޔަހޫދީ ދަރު އެއްކޮށްގެން ދިރިހުރެ އެނބުރި އައުމުން ދަރު ބޮނޑި…

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

މޫސާގެފާނުގެ ފިލާތަކުން ބާކީ ހުރި ތަކެތި ޖީލަކަށްފަހު ޖީލަކަށް އުފުލަމުން އައި…

މޫސާގެފާނުގެ ފިލާތަކުން ބާކީ ހުރި ތަކެތި ޖީލަކަށްފަހު ޖީލަކަށް އުފުލަމުން އައި ޔަމަނުގެ ހަތަރު ޢާއިލާއެއްގެ (މަންދޫބުން) ނަބިއްޔާ ﷺ ގެ ޙަޟްރަތަށް އައުމަށް ދަތުރުފެށިކަން ޖިބްރީލްގެފާނު…

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

ޢަލީގެފާނާއެކު ޖަމާޢަތެއް އަންނަތަން ފެނިވަޑައިގަތުމުން ނަބިއްޔާ ﷺ…

ޢަލީގެފާނާއެކު ޖަމާޢަތެއް އަންނަތަން ފެނިވަޑައިގަތުމުން ނަބިއްޔާ ﷺ ހިނިފުޅުވަޑުވައި “ތިޔަބައިމީހުން ސުވާލުކުރާނީ ކޮން ކަމަކާމެދުކަން ބޭނުންނަމަ ތިމަންކަލޭގެފާނު ވިދާޅުވެދެއްވާނަމެވެ” އޭ…

ޟަޢީފް (ބަލިކަށި)