އެހެނިހެން މުޢުޖިޒާތްތައް

އަތްތަކުގައި މުޞްޙަފުތައް ހިފައިގެން އައި އަހުލު ކިތާބީންގެ ޖަމާޢަތަކަށް…

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

އަތްތަކުގައި މުޞްޙަފުތައް ހިފައިގެން އައި އަހުލު ކިތާބީންގެ ޖަމާޢަތަކަށް ނަބިއްޔާ ﷺ “ތިޔަބައިމީހުން ބޭނުންނަމަ ތިޔަބައިމީހުން ބުނުމުގެ ކުރިން ސުވާލުކުރާނެ ކަންތައް ތިމަންކަލޭގެފާނު ޚަބަރުދެއްވާނަމެވެ” އޭ ވިދާޅުވެ ޛުލްޤަރުނައިނާ ބެހޭގޮތުން ސުވާލުކުރަން އައިކަން އެންގެވުމާއި، އެ ޤިޞްޞާ (ރޫމީ ޒުވާނަކަށް ވުމާއި، އިސްކަންދަރިއްޔާ ބިނާކުރުމާއި، މަލާއިކަތަކު އޭނާ އުޑަށް އުފުލައި ބިން ދެއްކެވުމާއި، ހުރަސް ބިނާކުރުމާއި) އެބައިމީހުންގެ ފޮތްތަކުގައިވާ ފަދައިން ކިޔައިދެއްވުމެވެ.

ތާރީޚީ ޙާލަތު

މަދީނާ ދައުރު، ތާރީޚު ޔަގީނެއް ނޫން

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

ކައިރިން ދިޔަ އަންހެނަކާމެދު “ހާދަ ހެދުން ދިގު އަންހެނެކެވެ” އޭ ވިދާޅުވި…

ކައިރިން ދިޔަ އަންހެނަކާމެދު “ހާދަ ހެދުން ދިގު އަންހެނެކެވެ” އޭ ވިދާޅުވި ޢާއިޝާގެފާނަށް ނަބިއްޔާ ﷺ “ކުޅު ޖައްސަވާށެވެ” އޭ ޙަދީޘްކުރެއްވުމާއި، ޢާއިޝާގެފާނުގެ އަނގަފުޅުން މަސްކޮޅެއް ނުކުތުމެވެ.

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

ދުރުން އަންނަ ދެ އަސްވާރަކު ފެނިވަޑައިގަތުމުން ނަބިއްޔާ ﷺ “ކިންދީއެކެވެ،…”

ދުރުން އަންނަ ދެ އަސްވާރަކު ފެނިވަޑައިގަތުމުން ނަބިއްޔާ ﷺ “ކިންދީއެކެވެ، މަޛްޙިޖީއެކެވެ” އޭ ޙަދީޘްކުރެއްވުމާއި، ކައިރިވުމުން މަޛްޙިޖު މީހުންކަން އެނގޭ ދެ މީހުން އައިސް ބައިޢަތު ހިފުމެވެ.

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

ނަބިއްޔާ ﷺ “މިހާރު ތިޔަބައިމީހުންގެ ގާތަށް ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން…”

ނަބިއްޔާ ﷺ “މިހާރު ތިޔަބައިމީހުންގެ ގާތަށް ސުވަރުގޭގެ އަހުލުވެރިންގެ ތެރެއިން ބޭކަލަކު ވަޑައިގަންނަވާނެތެވެ” އޭ ޙަދީޘްކުރެއްވުމާއި އަބޫބަކުރުގެފާނު ނުކުމެވަޑައިގެން ވަޑައިގަތުމެވެ (ސަޢުދު ބިން…

ޞަޙީޙް (ޞައްޙަ)