މަންމަ އިސްލާމްވުމަށްފަހު އަބޫ ހުރައިރާގެ އެދުމަށް ނަބިއްޔާ ﷺ ‘އޭ ﷲ، އިބަﷲ ގެ…
ރިވާޔަތް
މަންމަ އިސްލާމްވުމަށްފަހު އަބޫ ހުރައިރާގެ އެދުމަށް ނަބިއްޔާ ﷺ ‘އޭ ﷲ، އިބަﷲ ގެ މި ކުޑަ އަޅާއާއި އޭނާގެ މަންމަ އިބަﷲ ގެ މުއުމިނު އަޅުތަކުންނަށް ލޯބިޖައްސަވައި، މުއުމިނުންވެސް އެ ދެމައިންނަށް ލޯބިޖައްސަވާނދޭވެ’ އޭ ދުޢާކުރެއްވުމާއި، އަބޫ ހުރައިރާ ‘ދެން ތިމަންނާގެ ވާހަކަ އިވުނު ނުވަތަ ތިމަންނާ ދުށް އެއްވެސް މުއުމިނަކު ތިމަންނާއާއި މަންމަދެކެ ލޯބިނުވެ ހެއްދެވިގެން ނުވެއެވެ’ އޭ ވިދާޅުވުމެވެ.
ތާރީޚީ ޙާލަތު
ހިޖުރީ 7 އަށްފަހު
މި ބައިގެ އިތުރު ލިޔުންތައް
އެހެނިހެން މުޢުޖިޒާތްތައް
އަނަސް ބިން މާލިކަށްޓަކައި ނަބިއްޔާ ﷺ މުދަލާއި ދަރިންނާއި ޢުމުރުގައި ބަރަކާތުގެ…
އަނަސް ބިން މާލިކަށްޓަކައި ނަބިއްޔާ ﷺ މުދަލާއި ދަރިންނާއި ޢުމުރުގައި ބަރަކާތުގެ ދުޢާކުރެއްވުމާއި، އަނަސް 100 އަހަރަށްވުރެ ގިނަ ދުވަހު ދިރިއުޅުއްވައި 100 އަށްވުރެ ގިނަ ކާފަދަރިން ދެކެވަޑައިގަތުމެވެ.
އެހެނިހެން މުޢުޖިޒާތްތައް
އިބްނު ޢައްބާސަށްޓަކައި ނަބިއްޔާ ﷺ “އޭ ﷲ، އޭނާ ދީނުގައި ފަޤީހަކު ކަމުގައި…”
އިބްނު ޢައްބާސަށްޓަކައި ނަބިއްޔާ ﷺ “އޭ ﷲ، އޭނާ ދީނުގައި ފަޤީހަކު ކަމުގައި ލައްވައި، އޭނާއަށް ތައުވީލު އުނގަންނަވައިދެއްވާނދޭވެ” އޭ ކުރެއްވި ދުޢާއާއި، އޭނާ އުއްމަތުގެ ޢާލިމަކަށް ވުމެވެ.
އެހެނިހެން މުޢުޖިޒާތްތައް
އަބޫ ހުރައިރާ ފެތުރުއްވި ސާލުކޮޅަށް ނަބިއްޔާ ﷺ އަތްޕުޅުން އަތްމުށެއް ނަންގަވައި…
އަބޫ ހުރައިރާ ފެތުރުއްވި ސާލުކޮޅަށް ނަބިއްޔާ ﷺ އަތްޕުޅުން އަތްމުށެއް ނަންގަވައި އެއްޗެއް ލެއްވުމާއި، އޭގެފަހުން އެއްވެސް ޙަދީޘެއް ހަނދުމަނެތިވެވަޑައިނުގަތުމެވެ.