އެހެނިހެން މުޢުޖިޒާތްތައް

ބަޤީޢުގައި އަންޞާރުންގެ މީހެއްގެ ޖަނާޒާއަށް ވަޑައިގަންނަވަނިކޮށް މަގުމަތީގައި…

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

ބަޤީޢުގައި އަންޞާރުންގެ މީހެއްގެ ޖަނާޒާއަށް ވަޑައިގަންނަވަނިކޮށް މަގުމަތީގައި ކުރީ ދެ ފައި ދިއްކޮށްލައިގެން އިން މިނިކާވަގަކާ ނަބިއްޔާ ﷺ ބައްދަލުވެވަޑައިގަތުން؛ “މިއީ ތިޔަބައިމީހުން އެއަށް ބައެއް ކަނޑައަޅައިދިނުމަށް އައިސް އޮތް އެއްޗެކެވެ، ކޮންމެ އައިނަކުން އަހަރަކު އެއް ކަންބަޅި ދޭށެވެ” އޭ ޙަދީޘްކުރެއްވުމުން، އެއީ ގިނަ އަދަދެއް ކަމަށް ދެކުމުން މިނިކާވަގަށް “ޖަހައިގަނެ ފިލައިގެން ނަގާށެވެ” އޭ އިޝާރާތްކުރެއްވުމާއި މިނިކާވަގު ދިއުމެވެ.

ތާރީޚީ ޙާލަތު

މަދީނާ ދައުރު، ތާރީޚު ޔަގީނެއް ނޫން

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވަމުން ބަނޫ ނައްޖާރުގެ ބަގީޗާއަށް…

ދަތުރުފުޅަކުން އެނބުރި ވަޑައިގަންނަވަމުން ބަނޫ ނައްޖާރުގެ ބަގީޗާއަށް ވަޑައިގެންނެވި ހިނދު، އެތެރެއަށް ވަންނަ ކޮންމެ މީހަކަށް ޙަމަލާދޭ ޖަމަލު ނަބިއްޔާ ﷺ ގޮވާލެއްވުމުން ތުންފަތް ބިމުގައި ކާއްތަމުން…

ޙަސަން (ރަނގަޅު)

އެހެނިހެން މުޢުޖިޒާތްތައް

ނަބިއްޔާ ﷺ މިސްކިތުގައި އިންނަވަނިކޮށް ބިރުން ތެޅިފޮޅިފައިވާ ޖަމަލެއް އައިސް…

ނަބިއްޔާ ﷺ މިސްކިތުގައި އިންނަވަނިކޮށް ބިރުން ތެޅިފޮޅިފައިވާ ޖަމަލެއް އައިސް އުނގުފުޅުގައި ބޯ އަޅައިގެން ހޭރެން ފެށުން؛ “މި ޖަމަލު ބުނަނީ މިއީ އެވެނި މީހެއްގެ އެއްޗެއް ކަމަށާއި، ވެރިމީހާ (އޭނާގެ…

ޟަޢީފް (ބަލިކަށި)