އެހެނިހެން މުޢުޖިޒާތްތައް

ނަބިއްޔާ ﷺ ކައިވެނިކޮށްދެއްވި ނައުފަލު ބިން ޙާރިޘް ބިން…

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

ނަބިއްޔާ ﷺ ކައިވެނިކޮށްދެއްވި ނައުފަލު ބިން ޙާރިޘް ބިން ޢަބްދުލްމުއްޠަލިބަށްޓަކައި، އެކަލޭގެފާނުގެ ދަހަނާ އަބޫ ރާފިޢުއާއި އަބޫ އައްޔޫބު މެދުވެރިކޮށް ޔަހޫދީއެއްގެ އަތުގައި ރަހުނުކޮށް ހޯއްދެވި ތިރީސް ޞާޢު ގޮވާން ބައި އަހަރު ވަންދެން ކެވުނު އިރުވެސް ކިރާލެވުނު ހިނދު މަދުވެފައި ނެތުމާއި، ‘ނުކިރި ނަމަ ޢުމުރުދުވަހު ކެއީހެވެ’ އޭ ޙަދީޘްކުރެއްވުމެވެ.

ތާރީޚީ ޙާލަތު

މަދީނާ ދައުރު، ތާރީޚު ޔަގީނެއް ނޫން

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

‘ތިމަންމެން ކައި އުޅެމެވެ، އެކަމަކު ބަނޑެއް ނުފުރެއެވެ’ އޭ ދެންނެވި ޞަޙާބީން…

‘ތިމަންމެން ކައި އުޅެމެވެ، އެކަމަކު ބަނޑެއް ނުފުރެއެވެ’ އޭ ދެންނެވި ޞަޙާބީން ވަކިވަކިން ކައި އުޅޭކަން ދެނެވަޑައިގެން ނަބިއްޔާ ﷺ ‘ތިޔަބައިމީހުންގެ ކާނާގައި އެއްވެ ﷲ ގެ ނަންފުޅު ގަންނާށެވެ، އޭރުން…

ޙަސަން (ރަނގަޅު)

އެހެނިހެން މުޢުޖިޒާތްތައް

ސަލަމާ ބިން ނުފައިލުގެ ސުވާލުގެ ޖަވާބުގައި ނަބިއްޔާ ﷺ އަށް އުޑުން (ހޫނު…)

ސަލަމާ ބިން ނުފައިލުގެ ސުވާލުގެ ޖަވާބުގައި ނަބިއްޔާ ﷺ އަށް އުޑުން (ހޫނު ތެއްޔެއްގައި) ކާނާ އައި ކަމަށާއި ބާކީވި ބައި އުޑަށް އުފުލުނު ކަމަށް އެންގެވުން؛ އަދި އަވަހަށް އެބައިމީހުންނާ…

ޞަޙީޙް (ޞައްޙަ)

އެހެނިހެން މުޢުޖިޒާތްތައް

ޢާއިލާ ވަރަށް ބޮޑު ޚާލިދު ބިން ޢަބްދުލްޢުއްޒާ ނަބިއްޔާ ﷺ އަށްޓަކައި ކަތިލި…

ޢާއިލާ ވަރަށް ބޮޑު ޚާލިދު ބިން ޢަބްދުލްޢުއްޒާ ނަބިއްޔާ ﷺ އަށްޓަކައި ކަތިލި އެންމެ ކަންބަޅިއަކުން އެކަލޭގެފާނު ޞަޙާބީންނާއެކު ފަރީއްކުޅުއްވައި، ބާކީވި ބައި ޚާލިދާއި އޭނާގެ ޢާއިލާއަށް ދެވި…

ޟަޢީފް (ބަލިކަށި)