އެހެނިހެން މުޢުޖިޒާތްތައް

ދަރިކަނބަލުން ފާޠިމާގެފާނަށް ނަބިއްޔާ ﷺ “ކޮންމެ ނަބިއްޔަކުވެސް ދުނިޔޭގައި…”

ޖުމްލަ ދަރަޖަ: ޟަޢީފް (ބަލިކަށި)ކުތުބުއް ސިއްތާ: ނުހިމެނޭމަދީނާ ދައުރު
މައްސަލައެއް ހުށަހަޅުއްވާ

ރިވާޔަތް

ދަރިކަނބަލުން ފާޠިމާގެފާނަށް ނަބިއްޔާ ﷺ “ކޮންމެ ނަބިއްޔަކުވެސް ދުނިޔޭގައި އުޅުއްވަނީ އެކަލޭގެފާނުގެ ކުރީގެ ނަބިއްޔާގެ ޢުމުރުފުޅުގެ ދެބައިކުޅަ އެއްބަޔަށެވެ” ވިދާޅުވެ އަޖަލު ގާތްވެއްޖެ ކަން ޚަބަރުދެއްވިއެވެ.

ތާރީޚީ ޙާލަތު

ހިޖުރީ 11 (މީލާދީ 632)

މި ބައިގެ އިތުރު ލިޔުންތައް

އެހެނިހެން މުޢުޖިޒާތްތައް

ބޮޑުބޭބޭފުޅު ޢައްބާސަށް ހުވަފެނުގައި ބޯ ވަލުތަކަކުން ބިން އުޑާ ދިމާއަށް…

ބޮޑުބޭބޭފުޅު ޢައްބާސަށް ހުވަފެނުގައި ބޯ ވަލުތަކަކުން ބިން އުޑާ ދިމާއަށް ދެމެމުންދާތަން ފެނިވަޑައިގަތުމުން، ކިޔައިދެއްވުމުން ނަބިއްޔާ ﷺ “ބޮޑުބޭބޭފުޅާއެވެ، ތިޔައީ އަޚާގެ ދަރިކަލުން އަވަހާރަފުޅުވުމެވެ”…

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

ފަހު އާލާސްކަންފުޅުގައި ޛާތުލް ޖަންބު ޖެހިދާނެތީ ބިރުގަތް މީހުންނަށް ނަބިއްޔާ ﷺ…

ފަހު އާލާސްކަންފުޅުގައި ޛާތުލް ޖަންބު ޖެހިދާނެތީ ބިރުގަތް މީހުންނަށް ނަބިއްޔާ ﷺ “ﷲ އެ ބަލި ތިމަންކަލޭގެފާނުގެ މައްޗަށް މުސައްލަޠެއް ނުކުރައްވާނެއެވެ؛ އެއީ ޝައިޠާނާގެ ކިބައިންވާ ކަމެކެވެ” ވިދާޅުވިއެވެ…

ޟަޢީފް (ބަލިކަށި)

އެހެނިހެން މުޢުޖިޒާތްތައް

ނަބިއްޔާ ﷺ “ސުވަރުގޭގައިވާ ތަންފުޅު ދެއްކެވި އިޚްތިޔާރު ދެއްވުމަށްފަހު މެނުވީ…”

ނަބިއްޔާ ﷺ “ސުވަރުގޭގައިވާ ތަންފުޅު ދެއްކެވި އިޚްތިޔާރު ދެއްވުމަށްފަހު މެނުވީ އެއްވެސް ނަބިއްޔަކު އަވަހާރަފުޅު ނުވާނެއެވެ” ވިދާޅުވިއެވެ؛ އަވަހާރަފުޅުވާ ވަގުތު ފަންގިފިލާއަށް ލޯފުޅު ހުއްޓަވައި “އޭ ﷲ…

ޞަޙީޙް (ޞައްޙަ)